{"question": "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް", "answer": "މިއީ ޤާނޫނު ނަންބަރު 2010/8 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކައުންސިލްއެކެވެ. އަދި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކައުންސިލް ޖަވާބުދާރީވާނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީއަށެވެ. މި ކައުންސިލްގެ މައިގަނޑު މަޤުޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާގުޅޭގޮތުން އެކަށައަޅާ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ބަލާ، އެކަންކަން ހިންގުވުމެވެ.\nކައުންސިލްގެ މެމްބަރުންނަކީ:\nނަން\nމަޤާމް\n1\nއަލްފާޟިލް އަޙްމަދު އާތިފް\nކައުންސިލްގެ ރައީސް\n2\nއަލްފާޟިލް އަޙްމަދު މުޙައްމަދު\nކައުންސިލްގެ ނައިބު ރައީސް\n3\nއަލްފާޟިލް މުޙައްމަދު މާޒިން\nކައުންސިލް މެމްބަރ\n4\nޑރ.އަޙްމަދު ޒިޔާން\nކައުންސިލް މެމްބަރ\n5\nއަލްފާޟިލް އަޙްމަދު ޝަމްވީލް\nކައުންސިލް މެމްބަރ\n6\nއަލްފާޟިލާ ސަމްހާ ނަސީރު\nކައުންސިލް މެމްބަރ\n7\nއަލްފާޟިލާ އިފްހާމް ހުސައިން\nކައުންސިލް މެމްބަރ", "id": "ef251f6e394fb9a6b793d87c4e8cfa8a", "domain": "gender.gov.mv", "domain_index": 4}
{"question": "ކައުންސިލް ފޮރ އެކޮނޮމިކް އެމްޕަވަރމަންޓް އޮފް ވިމެން (ސީވް)", "answer": "މިއީ އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ދިރާސާކުރުމާއި އެސިޔާސަތު ތަންފީޒުވަމުންދާ މިންވަރު ބަލާ، އެކަންކަން އިތުރަށް ހަރުދަނާކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި 2014 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކައުންސިލްއެކެވެ. އަދި މި ކައުންސިލް ޖަވާބުދާރީވާނީ މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީއަށެވެ.\nކައުންސިލްގެ މެންބަރުންނަކީ:", "id": "553b6a102790ba2e056e38e67f8ab15a", "domain": "gender.gov.mv", "domain_index": 4}
{"question": "ފޮސްޓަރ ޕެނަލް", "answer": "މިއީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނަށް ޢާއިލާއެއްގެ ތެރޭގައި ދިރިއުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި، އެކުދިން ބެލުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކުދިން ޙަވާލުކުރާނެ ފަރާތެއް ކަނޑައެޅުމަށްޓަކައި 2010 ވަނަ އަހަރު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން އެކުލަވާލާފައިވާ ޕެނަލްއެކެވެ.\nޕެނަލްގެ މެންބަރުންނަކީ:\n1. އިފްހާމް ހުސައިން\n2. އަކްރަމް ހުސައިން", "id": "1cbc61815ff2df526ac3f9880164264c", "domain": "gender.gov.mv", "domain_index": 4}
{"question": "މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މުރާޖަޢާ ކޮމިޓީ", "answer": "މި ކޮމިޓީއަކީ ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން، މިނިސްޓްރީގެ އިންފޮމޭޝަން އޮފިސަރުގެ ނިންމުމާމެދު ހިތްހަމަނުޖެހޭ ފަރާތްތަކުން އެފަދަ މައްސަލަތައް ހުށަހެޅުމުން، އެ މައްސަލައެއް ބަލާ މުރާޖަޢާކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއެވެ. \nކޮމިޓީގެ މެންބަރުން:\nއައިޝަތު ރަޝީދު\nއާމިނަތު ޝިފާނާ\nއާމިނަތު ޝިރާނީ ނަޢީމް", "id": "4471833bd8dcf4c0dc9c21e5d5f50a4c", "domain": "gender.gov.mv", "domain_index": 4}
{"question": "ޓްރަސްޓް ފަންޑް ކޮމިޓީ", "answer": "މި ކޮމިޓީއަކީ، މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިނގާ ކުޑަކުދިންގެ ހިޔާ، ފިޔަވަތި އަދި އަމާންހިޔާތަކަށް އެކި ފަރާތްތަކުން ދޭ ފައިސާގެ އެހީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން ޚަރަދުކުރާނެގޮތް ކަނޑައެޅުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ.\nކޮމިޓީގެ މެމްބަރުންނަކީ:\n1. ޝިދާތާ ޝަރީފް\n2. އާމިނަތު ޝިފާނާ\n3. ފާޠިމަތު ޢައްޒަ\n4. އަޙުމަދު ޢިމާދު\n5. ޙުދޫދާ ވަޙީދު", "id": "18736ac4c4b4fa245cb4a5a5cfa776d6", "domain": "gender.gov.mv", "domain_index": 4}
{"question": "ބިޑް ކޮމިޓީ", "answer": "މި ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތު ޤަވާއިދުގައިވާގޮތުގެ މަތިން މިނިސްޓްރީ އާއި ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކާއި މިނިސްޓްރީގެ ދަށުން ޤާއިމްކޮށްފައިވާ މަރުކަޒުތަކަށް ބޭނުންވާ ތަކެއްޗާއި ޚިދްމަތްތައް ހޯދުމަށްޓަކައި ހުށަހަޅާ އަންދާސީހިސާބުތައް ބަލާ، މަސައްކަތް ޙަވާލުކުރާނެ ފަރާތްތައް ކަނޑައެޅުމަށް ޤާއިމްކޮށްފައިވާ ކޮމިޓީއެކެވެ.\nކޮމިޓީގެ މެމެބަރުންނަކީ:\n1. އައިޝަތު ރަޝީދު\n2. އިމްރާން އިބްރާޙިމް\n3.އައިމިނަތު މުޙައްމަދު\n4. އުނެއިޒާ ޙަބީބް\n5. ފާތިމަތު ޒިޔާދާ", "id": "35df7c9e4a197e32fe0549ef45436eea", "domain": "gender.gov.mv", "domain_index": 4}
{"question": "ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ", "answer": "މި ކޮމިޓީއަކީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދު ތަންފީޛުކުރުމަށާއި ސިވިލް ސަރވިސުން ރައްޔިތުންނަށްދެވޭ ޚިދްމަތް ރަގަޅުކުރުމަށްޓަކައި ޕަރމަނަންޓް ސެކްރެޓަރީއަށާއި ސިވިލް ސަރވިސް ކޮމިޝަނަށް އެހީތެރިވެދިނުމަށް ޤާއިމްކޮށްފައިވާ ކޮމިޓީއެކެވެ.\nކޮމިޓީގެ މެމެބަރުންނަކީ:\n1. އާމިނަތު ޝިފާނާ\n2. އާމިނަތު ޝިރާނީ ނައީމް\n3. އަކްރަމް ޙުސައިން\n4. މަރްޔަމް ސިދްމީން\n5. އުނައިޒާ ޙަބީބު\n6. އަޙްމަދު އިމާދު\n7. ފައްޒާ ފުޢާދު\n8. އިބްރާޙިމް މުޙައްމަދު\n9. އާމިނަތު ސުނީތާ", "id": "29657a094d35db8e2d20c6c626a14029", "domain": "gender.gov.mv", "domain_index": 4}
{"question": "އިންޓަވެންޝަން ކޮމިޓީ", "answer": "މި ކޮމިޓީއަކީ، މާލެ އާއި އަތޮޅުތެރޭގައި ޙާލުގައި ޖެހިފައިތިބޭ މީހުންގެ ޙާލަތު ބެލުމަށާއި މޮނިޓަރ ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީއެކެވެ.\nކޮމިޓީގެ މެމެބަރުންނަކީ:\n1. މުޙައްމަދު ރަޝީދު\n2. ފައްޒާ ފުވާދު\n3. އާމިނަތު މުޙައްމަދު\n4. މުޙައްމަދު ޝިހާމު\n5. އާސިޔަތު ނަސޫހާ\n6. ނައްވާލު ނޫރައްދީން", "id": "e9784f11a352721cf7b750fcc347b208", "domain": "gender.gov.mv", "domain_index": 4}
{"question": "އަހަން ކެމްޕެއިން", "answer": "މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއިން 2015 ވަނަ އަހަރު އިފްތިތާޙްކޮށްފައިވާ \"\" އަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށްޓަކައި ޤައުމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕެއިންއެކެވެ. މި ކެމްޕެއިންގެ މައިގަނަޑު މަޤްޞަދަކީ، އަނިޔާއާ ދެކޮޅަށް ކުޑަކުދިން ބާރުވެރިކުރުވުމާއި، މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރުމާއި، މައްސަލަތައް ރިޕޯޓްކުރުމަށް ބާރު އެޅުމަށާއި، އަނިޔާގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.\n މެދުވެރިކޮށް، ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަމާޒުކޮށް ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި ޓީޗަރުންނަށް ވަރކްޝޮޕްތައް މިނިސްޓްރީން ހިންގައެވެ. ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި  މެދުވެރިކޮށް ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ ތަފްސީލް  އަހަން ރިޕޯޓް  2015 - 2018 އިން ލިބިވަޑައިގަންނަވާނެއެވެ.", "id": "30bf89f0a02fc1365a579712f6dee86e", "domain": "gender.gov.mv", "domain_index": 6}
{"question": "ރަންވޭލާ ކެމްޕެއިން", "answer": "މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން 2016 ވަނަ އަހަރު އިފްތިތާޙްކޮށްފައިވާ \"\" އަކީ އުމުރުން ދުވަސްވީ މީހުން ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި ޤައުމީ ފެންވަރުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ކެމްޕެއިންއެކެވެ. މިކެމްޕެއިންގެ މަޤްޞަދަކީ މުޖުތަމައުއާއި ޢާއިލާގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، އެ މީހުންނަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ލިބޭނޭ ގޮތްތައް މަގުފަހި ކޮށްދިނުމާއި، އެމީހުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމެވެ.\nމިކެމްޕެއިން މެދުވެރިކޮށް ދޮށީ އުމުރުގެ މީހުންނަށް އަތޮޅާއި ރަށު ފެންވަރުގައި ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ މަޤްޞަދުގައި ޞިއްޙީ އަދި އިޖްތިމާޢީ ޚިދުމަތްތެރިންނަށް އަމާޒުކޮށް ތަމްރީން ޕްރޮގްރާމްތަކެއް މިނިސްޓްރީން ހިންގައެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ޚާއްސަ ހޭލުންތެރިކުރުމުގެ ސެޝަންތަކާއި ހެލްތް ސްކްރީނިންގ ޕްރޮގްރާމްތަކެއް ހިންގުމުގެ އިތުރުން އިސްރަށްވެހިންނާއި ޒުވާނުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ސެޝަންތައް ހިންގައެވެ.\nދޮށީއުމުރުމުގެ މީހުންގެ ހައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމުގައި  މެދުވެރިކޮށް ހާސިލްކޮށްފައިވާ ކާމިޔާބީތަކުގެ ތަފްސީލް ރަންވޭލާ ރިޕޯޓް  2016 - 2018 އިން ލިބިވަޑައިގަންނަވާނެއެވެ.\nރަންވޭލާ ރިޕޯޓް 2016 - 2018", "id": "c67aa661450813ec47f8fee1130cf6af", "domain": "gender.gov.mv", "domain_index": 6}
